ކުމުންދޫގައި އުރީދޫ މޯލްޑިވްސްގެ ހައިސްޕީޑް ސުޕަނެޓްގެ ހިދުމަތް އެ ޖަޒީރާއަށް ތައާރަފް ކުރުމުގެ މަގުސަދުގައި ފައިބަރ އޮޕްޓިކް ކޭބަލް ނެޓްވޯކެއް އެޅުމާ ގުޅޭ ގޮތުން ދާދި ފަހުން ވަނީ ސްޓޭކްހޯލްޑަރުންގެ ބައްދަލުވުމެއް ބާއްވާފައެވެ. މިއީ ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކުރުމާއި ލޯކަލް ކޮމިއުނިޓީއަށް އިންޓަނެޓް އިންފްރާސްޓްރަކްޗާ ރަނގަޅު ކުރުމަށް ލިބުނު މުހިންމު ކުރިއެރުމެކެވެ. މި އިސްނެގުމުގެ ސަބަބުން އިޖުތިމާއީ އިގްތިސާދީ ގޮތުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ. ކުމުންދޫ ކައުންސިލުން މި މަޝްރޫޢަށް ފުރިހަމަ އެއްބާރުލުން ފާޅުކުރާއިރު، މި މަޝްރޫޢުގެ ސަބަބުން ރައްޔިތުންގެ ޢާންމު ދިރިއުޅުމަށް އަންނާނެ ހެޔޮ ބަދަލަކަށް ކެތްމަދުވެފައި ހުރެއެވެ.
ކުމުންދޫގައި އުރީދޫ މޯލްޑިވްސްގެ ސުޕަރނެޓް ޙިދުމަތް ދިނުމަށް ފައިބާ އޮޕްޓިކް ކޭބަލް ނެޓްވޯކް އެޅުމަށް ބާއްވާ ސްޓޭލްހޯލްޑާރ މީޓިންގް

29-06-2025