ކައުންސިލްގެ ރައީސްގެ ޒިންމާ
ކައުންސިލްގެ ރައީސަކީ ރަށުގެ ކޮމިއުނިޓީ ލީޑަރެވެ. ކޮމިއުނިޓީއާއި ކައުންސިލާއި ގުޅުވާދިނުމުގެ އެންމެ އިސް ރޯލެއް އަދާކުރާ ފަރާތަކީ ކައުންސިލްގެ ރައީސެވެ. މީގެ އިތުރުން:

ސެކްރެޓަރީ ޖެނެރަލް މެދުވެރިކޮށް ކައުންސިލް ހިންގުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވައި ހިންގުން.
ކައުންސިލްގެ ޖަލްސާތައް ޤަވާއިދުން ބޭއްވުމާއި ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން.
ރައްޔިތުންގެ މަޝްވަރާއާއެކު ތަރައްޤީގެ ޕްލޭން އެކުލަވާލާ ތަންފީޒުކުރުން.
ކައުންސިލް ތަމްސީލުކުރަންޖެހޭ ތަންތަނުގައި ކައުންސިލް ތަމްސީލުކުރުން.
ކައުންސިލް ހިނގަމުންދަނީ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުން.
ކައުންސިލްގެ ނާއިބު ރައީސާއި މެމްބަރުންގެ މަސައްކަތް ވިލަރެސްކޮށް ބެލެހެއްޓުން.


ކައުންސިލްގެ ނާއިބްރައީސްގެ ޒިންމާ
ރައީސް ނެތް ހާލަތްތަކުގައި ރައީސްގެ ޒިންމާ އާއި މަސްޢޫލިއްޔަތު އަދާކުރުން. 

ކައުންސިލުން ކަނޑައަޅާ މަސައްކަތްކުރުން.



ކައުންސިލް މެމްބަރުންގެ ޒިންމާ
ވަކިވަކި މެމްބަރުންގެ ގޮތުގައި 

ކޮމިއުނިޓީ ތަމްސީލުކުރުމާއި ކޮމިއުނިޓީގެ ފައިދާއަށް މަސައްކަތްކުރުން

ކައުންސިލާއި ކޮމިއުނިޓީއާއި ދެމެދު މުޢާމަލާތުކުރާ މެދުވެރިއެއްގެ ރޯލު އަދާކުރުން

ކައުންސިލުން ހަވާލުކުރާ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް އަދާކުރުން

ކައުންސިލްގެ މެޖޯރިޓީން ނިންމާ ޕޮލިސީތަކާއި ނިންމުންތަކާއި އެއްގޮތަށް މަސައްކަތްކުރުން