އައިލެންޑް ފާރމާސް ފޯރަމްގެ ބައިވެރިންނާއި މޯލްޑިވްސް އެގްރި ބިޒްނަސްގެ ފަރާތުން ބައްދަލު ކޮށްފި
10 ޖުލައި އިން 11 ޖުލައި 2024 އާއި ދެމެގުގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރގެ މޯލްޑްވިސް އެގްރި ބިޒްނަސް އިން ހދ. ކުމުންދޫގެ ދަނޑުވެރިންނާއި ސްކޫލް ކުދިންނާއި ވަނީ ބައްދަލު ކޮށްފައެވެ.
މި ބައްދަލުވުމުގައި ގަސްތަކަށް ޖެހޭ ބަލިތަކާއި އެއިގެ ހައްލު ތައް ވަނީ ބައިވެރިންނާއި ހިއްސާކޮށްފައެވެ. އެއިގެ ތެރޭގައި ކެމިކަލް ބޭނުންނުކޮށް ރައްކާތެރި ގޮތެއްގައި ބަލިތަކުން އަރާގަނެވޭނެ ގޮތްތައް ވަނީ ކިޔަވައި ދީފައެވެ. އަދި އެންމެ ގިނަ ސްވާލް ރަނގަޅު ކުރި ދެ ފަރާތަކަށް ދަނޑުވެެރިކަމަށް ބޭނުންވާ ބައެއް ބޭހާއި ތަކެތި ހަދިޔާ ކޮށްފައެވެ.