ކައުންސިލްގެ ތަޢާރަފް
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނު، ޤާނޫނު ނަންބަރު 7/2010 (17 މެއި 2010) ގެ ދަށުން އުފެދިފައިވާ ކައުންސިލެކެވެ. އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ޤާނޫނީ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުޢާމަލާތްކުރުމުގެ ޙައިޘިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ ޤާނޫނީ މިނިވަން ޝަޚްޞެކެވެ.
މިކައުންސިލްގައި ކުމުންދޫ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކޮށްފައިތިބި 5 ކައުންސިލަރުންގެ އިތުރުން 5 އ.ތ.ކ މެމްބަރުން ތިއްބަވައެވެ. އަދި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި ސިވިލްސަރވިސްގެ މުވައްޒަފުން ހިމެނޭގޮތަށް ކައުންސިލްގެ އިދާރާއެއްވަނީ ގާއިމްކޮށްފައެވެ. މިއިދާރާގެ ޚިދުމަތްތައް އަމާޒުކުރެވިފައިވާނީ ކުމުންދޫގެ ރައްޔިތުންނަށެވެ.
ކައުންސިލްގެ މިޝަން
” 2030 ގެ ނިޔަލައް މިރަށަކީ އިޤްތިސާދީ، އިޖްތިމާޢީ، އުމްރާނީ އަދި ތަޢުލީމީގޮތުން ކުރިއަރާ ތަހުޒީބީ ދުޅަހެޔޮ ރައްޔިތުންތަކެއް ދިރިއުޅެމުންދާ ވެއްޓެއް ޤާއިމް ކުރެވިފަައިވާ ރަށަކަށް ހެދުން.”
ކައުންސިލްގެ ވިޝަން
” ކުމުންދޫ އަކީ އިޤްތިސާދީ، އިޖްތިމާޢީ، އުމްރާނީ އަދި ތަޢުލީމީގޮތުން ކުރިއަރާ ތަހުޒީބީ ދުޅަހެޔޮ ރައްޔިތުންތަކެއް ދިރިއުޅެމުންދާ ރަށަކަށް ހެދުން.”