ފެބްރުއަރީ 2024 ގެ ރައްޔިތުންގެ ބައްދަލުވުން ކުމުންދޫ އިޖުތިމާއީ މަރުކަޒުގައި ބާއްވައިފި

މިއަހަރުގެ ފެބްރުއަރީ މަހުގެ ރައްޔިތުންގެ ބައްދަލުވުން 27 ފެބްރުއަރީ 2024 ވީ އަންގާރަ ދުވަހުގެ ރޭ ބާއްވާފައިވެއެވެ. މިބައްދަލުވުމުގައި މިދިޔަ އަހަރުގެ ބަޖެޓާއި މިއަހަރުގެ ބަޖެޓް ހުށައެޅިގެން ދިއައެވެ. މީގެ އިތުރުން ވޭތުވެ ދިޔަ އަހަރު ކުރެވިފައިވާ ކަންތައްތަކާއި ކުރިއަށް 2024 ވަނަ އަހަރަށް ރޭވިފައިވާ ކަންކަން ހުށައެޅުނެވެ.

ބައްދަލުވުން ނިމިގެން ދިއައީ ރައްޔިތުންގެ ސުވާލުތަކަށް ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ޖަވާބު ދެއްވުމަށްފަހުގައެވެ.