ankara escort ankara escort

ހދ ކުމުންދޫ ކައުންސިލުން ރަށުގެ ބީޗް ސާފު ކުރުމުގެ ޕްރޮގްރާމްއެއް ބާއްވައިފި

ރަށުގެ މުވައްސަސާތަކާއި ގުޅިގެން ރޯދައަށް ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމެއް ވަނީ ކުމުންދޫ ކައުންސިލްގެ ފަރާތުން ވަނީ ހިންގާފައެވެ. މިއީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ އެދިލެއްވުމުގެ މަތިން “ރޯދަ ސާފު” ނަމުގައި ރާއްޖޭގައި ހިންގުނު ހަރާކާތުގެ ތެރެއިން ހދ. ކުމުންދޫގައި ހިންގުނު ހަރަކާތެކެވެ.

މި ޕްރޮގްރާމްގައި ހދ. ކުމުންދޫ ސިއްޙީ މަރުކަޒާއި ކުމުންދޫ ފެނަކަ އަދި ކުމުންދޫ ސްކޫލުގެ މުވައްޒަފުން ވަނީ ކައުންސިލާއި އެކު ބައިވެރިވެފައެވެ. ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 6 މާރިޗް 2024 ވީ ބުދަ ދުވަހުގެ ހަވީރެވެ.