މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާއި ކުމުންދޫ ކައުންސިލް ގުޅިގެން ކުމުންދޫގައި ތަރައްޤީކުރި ހިތްގައިމު “ސީދީބެ މައިޒާން ” ހުޅުވައިފި

މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާއި ކުމުންދޫ ކައުންސިލް ގުޅިގެން ކުމުންދޫގައި ތަރައްޤީކުރި ހިތްގައިމު “ސީދީބެ މައިޒާން ” މިދިޔަ އީދު ދުވަހު ހުޅުވައިފި މި މައިޒާން އަކީ ކުޑަކުދިންގެ ޕާކް އަކާއި ސްޓޭޖް އެއް ހިމެނޭ ގޮތައް ކުމުންދޫ ކައުންސިލް އިން ތަރައްޤީކުރަމުންދާ މައިޒާނެކެވެ. މި ޕްރޮޖެކްޓްގެ ދަށުން ހެދިފައިވާ ޕާކް ގެ ޕްލޭ ސެޓް އާއި ޤާޑެން ލައިޓް ތައް ބަހައްޓާފައިވަނި ހދ.ކުމުންދޫ ޓްރަސްޓް ފަންޑުންނެވެ. ޕާކް ހިމެނޭ މައިޒާން ގެ ވަށާފާރާއި ވޯކްވޭ ތައް އަދި ކުލައާއި ފިނިސިންގ މަސައްކަތްތައް ކުރުމަށް ހޯމް މިނިސްޓްރީން ވަނީ 300،000.00 (ތިންލައްކަ) ރުފިޔާ ޚަރަދުކުރައްވާފައެވެ.

މި ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރ އަކީ ޖޭޖޭ ޑިވެލޮޕިންގ ޕްރައިވެޓް ލިމިޓެޑް އެވެ. އަދި ގާޑަން ލައިޓްތަކާއި ނަންބޯޑް ހަރުކުރުމުގައި ކުމުންދޫ އާންމު ރައްޔިތުންނާއި ކުމުންދޫ ކައުންސިލް މުވަޒަފުންގެ އެހީތެރިކަން ލިބިފައިވެއެވެ. އެކި ގޮތްގޮތުން މިޕްރޮޖެކްޓައް އެހީތެރިވެދެއްވި އެންމެހައި ފަރާތްތަަކަށް މިކައުންސިލުން ސުކުރު ދަންނަވަމެވެ.

Leave a Reply

Your email address will not be published. Required fields are marked *