ދުޅަހެޔޮ ސިއްޙަތަކަށް ކަސްރަތު 2 ވަނަ ފިޓްނަސް ޕްރޮގްރާމައް ފުރުސަތު ހުޅުވާލައިފި

ދުޅަހެޔޮ ސިއްޚަތެއްގައި މުޖްތަމައެއް ބިނާކުރުމަށްޓަކައި ހދ.ކުމުންދޫ ކައުންސިލްގެ ސްޕޯޓްސް ކައުންސިލަރ ކުރިޔައްގެންދާ ފިޓްނަސް ޕްރޮގްރާމް ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިއަދު ވަނީ ހުޅުވާލާފައެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކުމުންދޫ ކައުންސިލް އިދާރާއަށް 28 އޯގަސްޓް 2019 ވަނަ ދުވަހު 14:00 ގެ ކުރިން ފޯމް ހުށައަޅަންޖެހެއެވެ.

މިފަދަ ޕްރޮގްރާމެއް ވަނީ މިދިޔަ ޖުލައި މަހުވެސް ކުމުންދޫ ގައި ކުރިޔައް ގެންގޮސްފައެވެ. މިއީ މިސަރުކާރުގެ ސިޔާސަތު ތަކުގެ ތެރެއިން މިނިސްޓްރީ އޮފް ޔޫތް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް އިން އުފައްދާފައިވާ ސްޕޯޓްސް ކައުންސިލަރ ސިލްސިލާކޮށް ކުރިޔައްގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކެކެވެ.

އެޕްލިކޭޝަން ފޯމް:

Download (PDF, 297KB)

Leave a Reply

Your email address will not be published. Required fields are marked *