ކައުންސިލްގެ ފަރާތުން ރައްޔިތުންނާއި ބައްދަލުކުރަން ބޭއްވި ބައްދަލުވުމައް ހޯލް އަށް ވަނުމައް ހުރަސް އެޅުމުން ހޯލް ބޭރުގައި ބައްދަލުވުން ބާއްވައިފި
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ ފަރާތުން ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްޓަކައި މިރޭ 31 ޖުލައި 2019 ގައި ކުމުންދޫ ކައުންސިލް އިދާރާގެ ވަގުތީ މީޓިންގ ހޯލްގައި ބޭއްވުމަށް އިންތިޒާމްތައް ހަމަޖައްސައި އެތަނައް ކައުންސިލް މެންބަރުންނާއި އިދާރީ މުވަޒަފުން ދިޔައިރު އެތަނުގެ ދޮރުތަކު ކުރިމަތީ ތިބެ ބަޔަކު ހުރަސް އަޅައިފި
ހުރަސް އެޅިކަމުގައި ވިޔަސް ކައުންސިލުން ވަނީ ބައްދަލުވުން ކުރިޔައް ގެންގޮސްފައެވެ. މި ބައްދަލުވުން ބާއްވާފައިވަނީ މީޓިންގ ހޯލްގެ ބޭރުގައި ކޮޅައް ތިބެގެންނެވެ. އަދި މީޓިންގ ހޯލުގައި ހުރި އެއްވެސް އެއްޗެއް ނެރުމައް އެފަރާތްތަކުން ފުރުސަތު ދީފައެއް ނުވެއެވެ. މި ބައްދަލުވުމުގައި ކައުންސިލުން ހިންގި ހަރަކާތް ތަކާއި ކައުންސިލުން ކުރަން ރާވާފައިވާ މަސައްކަތްތައް ހުލާސާ ކޮށް ވަނީ ރައްޔިތުންނާއި ހިއްސާ ކޮށްފައެވެ.
ރައްޔިތުންގެ ބައްދަލުވުމަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލުން ބާއްވަން ލާޒިމް ކޮށްފައިވާ ބައްދަލުވުމެކެވެ.