ހދ.ކުމުންދޫ އިން ބަންޑާރަ ގޯތި ދޫކުރުމަށް ދިމާވެފައިވާ ދަތިތަކާއި ގުޅޭ ގޮތުން ކައުންސިލްގެ ރައީސް ހައުސިންގ މިނިސްޓަރ އާއި ބައްދަލު ކޮށްފި
ހދ.ކުމުންދޫ އިން ބަންޑާރަ ގޯތި ދޫކުރުމަށް ދިމާވެފައިވާ ދަތިތަކާއި ގުޅޭ ގޮތުން ކައުންސިލްގެ ރައީސް އާއި މަކުނުދޫ ދާއިރާގެ މެންބަރ އަލްފާޞިލް މުޙައްމަދު ރާއީ އާއި އެކު ހައުސިންގ މިނިސްޓަރ އާއި އެކު 17 ޖުލައި 2019 ގައި ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.
މި ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރެއްވި ފަޅު ގޯތި ތަކުގެ މައްސަލައާއި ގޯތި ދޫކުރުމަށް ހުއްދަލިބިފައިވާ އަދަދު މަދުކަމުގެ މައްސަލައަށް މިނިސްޓަރ ހައްލު ތަކެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ވަނީ އަރުވާފައެވެ.
މިއީ، މަކުނުދޫ ދާއިރާގެ މެންބަރ އާއި އެކު ވަޒީރުންނާއި ބައްދަލު ކުރެއްވި ފުރަތަމަ ބައްދަލުވުމެވެ.