ލާމަރުކަޒީ ޤާނޫނުން ކައުންސިލައް ބޭއްވުމަށް ލާޒިމް ކުރާ ރައްޔިތުންގެ ބައްދަލުވުން 31 ޖުލައި 2019 ގައި ބޭއްވުމަށް ތާވަލް ކޮށްފި

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ ދަށުން ރަށުކައުންސިލްތަކަށް ބޭއްވުމަށް ލާޒިމް ކުރާ ރައްޔިތުންނާއި ބައްދަލުކުރުން 31 ޖުލައި 2019 ގައި ކުމުންދޫ ކައުންސިލްގެ މީޓިންގ ހޯލްގައި ބޭއްވުމަށް އިއުލާން ކޮށްފި،

ކުމުންދޫ ކައުންސިލް އިން 30 ޖުލައި 2019 ގައި ކޮށްފައިވާ އިއުލާން ގައި ބުނެފައިވަނީ ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ ފަރާތުން ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްޓަކައި ބާއްވާ ބައްދަލުވުމެއް 31 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ ރޭ 9:00 ގައި ހދ.ކުމުންދޫ ކައުންސިލްގެ މީޓީންގ ހޯލް ( ކުރީގެ މަސްޖިދުލް ހުދާ ) އިމާރާތުގައި އޮންނާނެއެވެ. މި ބައްދަލުވުމަށް ކުމުންދޫ ގައި ދިރިއުޅޭ އެންމެ ބޭފުޅުންނަށް ދަޢުވަތު އަރުވަމެވެ.

މިއީ މިފަދަ ބައްދަލުވުމެއް ކުމުންދޫ ކައުންސިލް އިން މިއަހަރު ބާއްވާ ފުރަތަމަ ފަހަރެވެ.

Leave a Reply

Your email address will not be published. Required fields are marked *