ހދ.އަތޮޅު ޤުރުއާން މުބާރާތުގެ ގަދަ 16 ދަރިވަރުންގެ ތެރޭގައި ހދ.ކުމުންދޫ ރާއިދާ މޫސާ ހިމެނިއްޖެ

1440 ވަނަ އަހަރުގެ ހދ.އަތޮޅު ޤުރުއާން މުބާރާތުގެ އެންމެ މޮޅު 16 ދަރިވަރުންގެ ތެރޭގައި ހދ.ކުމުންދޫ އެލްޕާސޯ ރާއިދާ މޫސާ ވަނީ ހިމެނިފައެވެ. މިއަދު ހެނދުނު ހދ.ނެއްލައިދޫގައި ނިމިގެންދިޔަ މުބާރާތުގައި ހދ.ކުމުންދޫ އިން ވަނީ 9 ދަރިވަރަކު ކުމުންދޫ ތަމްސީލް ކުރައްވާފައެވެ. ގަދަ 16 ދަރިވަރުންގެ ތެރޭގައި ހިމެނުމުގެ އިތުރުން ރާއިދާ މޫސާ އަށް ވަނީ 9 އަހަރުން މަތި ބަލައިގެން ކިޔެވުމުގެ ގޮފިން ވަނީ 2 ވަނަ ހާސިލް ކުރައްވާފައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބުދު ﷲ އެވެ. އަދި ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް އިނާމް ހަވާލު ކުރެއްވީ ޝަރަފްވެރި މެހެމާނުގެ އިތުރުން ނެއްލައިދޫ ކައުންސިލްގެ ރައީސް އިބުރާހިމް ނާޒިމާއި ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ވައިކަރަދޫ ދާއިރާގެ އިންތިހާބީ މެމްބަރު ހުސައިން ޒިޔާދާއި އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ހަސަނާއި އަތޮޅު ކައުންސިލް ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަސީމެވެ.

– އެއްވަނަ ރަށް: ނޮޅިވަރަން
– ދެވަނަ ރަށް: މަކުނުދޫ
– ތިންވަނަ ރަށް: ވައިކަރަދޫ

ހދ. އަތޮޅު ޤުރުއާން މުބާރާތް ނެއްލައިދޫގައި ބޭއްވުނު މިއީ ތިންވަނަ އަހަރެވެ.

 

Leave a Reply

Your email address will not be published. Required fields are marked *