ހދ.އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިވާ ދަރިވަރުންނާއި އޮފިޝަލުން މިއަދު ހެނދުނު ހދ.ނެއްލައިދޫ އަށް ފުރައިފި

މިއަހަރުގެ އަތޮޅު ޤުރުއާން މުބާރާތް އޮންނަ ހދ.ނެއްލައިދޫ އަށް ކުމުންދޫ ތަމްސީލް ކުރާ 9 ދަރިވަރުންނާއި ދަރިވަރުންގެ ބެލެނިވެރީން އަދި އޮފިޝަލުން މިއަދު 18 އޭޕްރިލް 2019 ހެނދުނު ވަނީ ގޮސްފައެވެ.

މި މުބާރާތުގައި މިއަހަރު ބައިވެރިވެފައި ވަނީ ކުމުންދޫ ކައުންސިލް އިން ބޭއްވި އޮޑިޝަން އަކުން ހޮވިފައިވާ 9 ދަރިވަރުންނެވެ. އެއީ

  • ޙަނޫފާ ޢަބްދުﷲ / ނަލަހަނދުވަރު، ހދ.ކުމުންދޫ
  • ފާތިމަތު ސުހާނާ / ގުލިސްތާނުގެ، ހދ.ކުމުންދޫ
  • ނަދާ އިސްހާޤް / ފަރެސް، ހދ.ކުމުންދޫ
  • އާލިމް އާދަމް / ފެނޭތަ، ހދ.ކުމުންދޫ
  • އަޙްމަދު މިރާޙް ހުސައިން، ގުމްރީގެ، ހދ.ކުމުންދޫ
  • ނަޖާ އިސްހާޤް / ފަރެސް، ހދ.ކުމުންދޫ
  • ރާނިޔާ އަޙްމަދު / ފަޒާ، ހދކުމުންދޫ
  • އަރީބާ އާދަމް / މަޑަވެލިގެ، ހދ.ކުމުންދޫ
  • ރާއިދާ މޫސާ / އެލްޕާސޯ، ހދ.ކުމުންދޫ

މި މުބާރާތް އޮންނާނީ އޭޕްރިލް 18 އިން 20 ގެ ނިޔަލަށެވެ. މުބާރާތަކީ ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ މުބާރާތެކެވެ. ވޭތުވެދިޔަ އަހަރު މިމުބާރާތް ބާއްވާފައިވަނީ ހދ.މަކުނުދޫގައެވެ.

Leave a Reply

Your email address will not be published. Required fields are marked *