ކުމުންދޫ ގައި ކުޑަކުދިންގެ ޕާކެއްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފި

17 އޭޕްރިލް 2019 ގައި ކުމުންދޫ ކައުންސިލް އިން ކޮށްފައިވާ އިއުލާންގައި ވަނީ ކުމުންދޫ ކައުންސިލުންދޭ ކުރެހުމާއި އެއްގޮތައް އަމިއްލަތަކެތީގައި ކުޑަކުދިންގެ ޕާކުގެ ވަށާފާރާއި ވޯކްވޭ ރާނާ ސިމެންތި ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އަދި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 އޭޕްރިލް 2019 ވާ އަންގާރަ ދުވަހު 13:00 އަށް ކުމުންދޫ ކައުންސިލައް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު 28 އޭޕްރިލް 2019 ވާ އާދިއްތަ ދުވަހު މެންދުރު 13:00 އަށް ކުމުންދޫ ކައުންސިލައް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުމަށެވެ.

ކުމުންދޫ ކުޑަކުދިންގެ ޕާކު އެޅުމަށް ހަމަޖެހިފައިވަނީ ކުމުންދޫ ސީދީބެ މައިޒާނުގައެވެ. އެއީ ސްޓޭޖް ކުރިމަތީ އޮތް ހުސް ބިމުން ބައެއްގައެވެ. ކުޑަކުދިންގެ ޕާކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް މީގެ ކުރިންވަނީ އިއުލާން ކުރެވި ތަކެތި ގެނައުމަށް ބެސްޓް ބަޑީ އާއި ހަވާލު ކުރެވިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *